ފިލާވަޅު: މަޒުމޫނު ލިޔުން
ފިލާވަޅު: މަޒުމޫނު ލިޔުން މަޒުމޫނަކީ ވަކި މައުޟޫއަކާ ގުޅޭގޮތުން ލިޔެވޭ، ފުރިހަމަ ލިޔުމެކެވެ. މަޒުމޫނު ލިޔުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ބައިތައް: 1. ސުރުޚީ: - ކުރު އަދި މަޢުލޫމާތު ދޭހަވާ ގޮތަށް - މައުޟޫއާ ގުޅުންހުރި 2. ތަޢާރަފު: - މައުޟޫއަށް ކިޔުންތެރިޔާގެ ޝައުޤުވެރިކަން އުފެއްދުން - މައިގަނޑު ޚިޔާލު ހުށަހެޅުން 3. ހަށި: - ވަކިވަކި ޕެރެގްރާފުތަކަށް ބަހާލުން - ކޮންމެ ޕެރެގްރާފެއްގައި އެއް މައިގަނޑު ޚިޔާލު ހިމެނުން - ޚިޔާލުތައް ތަރުތީބުން ގެނައުން - މިސާލާއި ހެކި ހުށަހެޅުން 4. ނިންމުން: - މައިގަނޑު ޚިޔާލުތައް ޚުލާޞާކުރުން - ކިޔުންތެރިޔާއަށް ވިސްނުމެއް ދިނުން 5. ބަހުގެ ހަމަތަކާއި ގަވާއިދު: - ރަނގަޅު ހަމަތަކާއި ގަވާއިދުތަކާ އެއްގޮތަށް ލިޔުން - ޖުމުލަތައް ގުޅުވައިގެން ލިޔުން 6. އުސްލޫބު: - ކިޔަން ފަސޭހަ، ސާފު ބަހުރުވައެއް ބޭނުންކުރުން - އެކަށީގެންވާ ބަސްމަގު ބޭނުންކުރުން މަޒުމޫނު ލިޔުމުގެ މަރުޙަލާތައް: 1. މަ...